ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން  ޖަރުމަނުވިލާތާއި އޮސްޓްރިއާގައި ރޯޑް ޝޯއެއް ފަށައިފި އެވެ.

މިއީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިން މިއަހަރު ކުރިއަށްގެންދާ މިފަދަ ހަވަނަ ހަރަކާތެވެ.

މި ރޯޑްޝޯ ޖަރުމަނުގެ ކޮލޯން، ފްރޭންކްފާޓް އަދި މިއުނިކްގައި ކުރިއަށްގެންދާއިރު އޮސްޓްރިއާގެ ވިއޭނާގައިވެސް މި ޝޯ ކުރިއަށްގެންދާނެ އެވެ. ޖަރުމަނުގައު ރޯޑްޝޯ މާދަމާގެ ނިޔަލަށް އޮންނައިރު، އޮސްޓްރިއާގައި ރޯޑް ޝޯ އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

އެމްއެމްޕީއާރުސީން ވިދާޅުވާ ގޮތުގައި މި ރޯޑްޝޯގެ އެންމެ ބޮޑު މަޤުސަދަކީ  ޖަރުމަނު ބަހުން ވާހަކަ ދައްކައި އެ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމެވެ.

އެމްއެމްޕީއާރުސީ އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ހަތް ކުންފުންޏަކުން މި ރޯޑް ޝޯގައި ބައިވެރިވެ އެވެ.

މި ރޯޑްޝޯގައި ޖަރުމަނާއި އޮސްޓްރިއާގެ އޮޕަރޭޓަރުންނާއި ބައްދަލުކުރުމާއި ޑެސްޓިނޭޝަން ޕްރެޒެންޓޭޝަންގެ ދިނުމުގެ އިތުރުން ކޮންމެ ސިޓީއެއްގައި ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *