ސިނަމާލެ ބުރިޖަށް ދަތުރު ކުރުމަށް ހުޅުމާލެ އިން ފެށިގެން ހަދާފައި އޮންނަ ހައިވޭގެ ބުރިޖާއި ކައިރި ސަރަހައްދަކަށް ރޭ މެންދަމުގެ ވަގުތެއްގައި ވަރަށް ބޮޑަށް އުދަ އަރައިފިއެވެ.

އުދަ އެރި ސަރަހައްދު ވަނީ މިހާރު ބަންދުކޮށްފައެވެ.

އުދަ އެރުމުގެ ސަބަބުން ގިނަ އަދަދެއްގެ ވެއްޔާއި ކުނިބުނި ވަނީ ހައިވޭ މައްޗަށް ޖަމާވެފައެވެ.

ބުރިޖުގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާތީ މީގެ ކުރީން ވެސް އެކި ދުވަސްވަރު އެކި ސަރަހައްދުތައް ބަންދުކޮށްފައި ވެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ދުވަސްވަރަކަށްވާތީ އުދަ އެރުން އެކަށީގެންވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.