މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރާއްޖެއިން ބޭރަށް ދިޔަކަށް ދެއްކުމުގެ ގޮތުން ފޭކް ލިޔުމެއް ތައްޔާރު ކުރަން ރޭވުމުގެ ތުހުމަތުގައި ހައިކޯޓްގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަމުންދާތީ، އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މީގެ ކުރިންވެސް ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. ނަަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ، ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކުރުމުގައި ނިންމާފައިވަނީ 2014 ވަނަ އަހަރު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި އޭނާ ހުންނެވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންޑްސް ޑިޕާޓްމެންޓުގެ ދެ އޮފިސަރަކާއި ގުޅިގެން ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކާ ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މަރުތަކާ ބެހޭ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ، ފަނޑިޔާރު ހަސަން އަލީއަށް ތުހުމަތުކުރެވޭ ކުށުގެ މައްސަލަ ބަލަމުން އަންނަކަން މަރުކޮމިޝަނަށް އެންގީ މިއަދު ކަމަށާއި، އެހެންކަމުން ޤާނޫނުގައިވާ ގޮތުގެ މަތިން  ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި އަދި ވަޒީފާއެއް ނުނިކުމެ މަޑުކުރަން އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

އެހެންވެ ގާނޫނުގައިވާގޮތުގެ މަތިން އަލީ ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި އަދި ވަޒީފާއެއް ނުނިކުމެ މަޑުކުރަން އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.