މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާއި ގުޅޭ މީހަކު ހޯދުމަށް، މަރު ކޮމިޝަނުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެ ކޮމިޝަނުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ މާލެއިން ހުޅުމާލެއަށް ދާ ފެރީޓަމިނަލްގައި ސައިކަލު ކިއުގައި އިންނަމީހެކެވެ. 

ކޮމިޝަނުން ބުނެފައިވަނީ، އެ މީހަކީ އެކޮމިޝަނުން ތަހުޤީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ. އަދި އެމީހާއާއި ގުޅޭ މައުލޫމާތެއް އިނގޭނަމަ އެކަން ކޮމިޝަނަށް އެންގުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ. 

މަރު ކޮމިޝަނުން ރިލްވާން މައްސަލައިގައި މީޑައާއަށް އެންމެ ފަހުން މައުލުމާތު ދެމުން ބުނެފައިވަނި ރިލްވާން ރަހީނުކޯސްގެން ގެންގޮސް ޑިިންގީ އަކަށް އަރުވައިގެން ކަނޑު ދަތުރުކުރާ އުޅަނދަކަށް އެރުވުމަށްފހު މަރާލާފައިވާކަމަށެވެ. އަދި ރިލްވާންގެ މަރާއި ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންގެ ޖަމާއަތްތަކާއި ގުޅުމެއްޥާކަމަށް މަރު ކޮމިޝަންގެ ރައީސް ސުއޫދު ވިދާޅުވިއެވެ. އެހެން ނަމަވެސް އެ މައްސަލައިގައި ފުލުހުންގެ ފަރާތުންވެސް އަޑިނޭގޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާކަން ސުއޫދު ފާހަގަކުރައްވަފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.