2021 ވަނަ އަހަރު ނިމުމުގެ ކުރިން ޤައުމީ ޕްރެސް ކްލަބެއް އުފެއްދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެފަދައިން ވިދާޅުވެފައިވަނީ ނޫސްވެރިކަމުގެ އެވޯޑް 2018 ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ނައިބު ރައީސް ވިދާޅުވީ ނޫސްވެރިކަން ތަރައްޤީކުރުމަކީ މިސަރުކާރުގެ ސިޔާސަތެއްކަމަށެވެ.

އެގޮތުން ޕްރެސް ކްލަބެއް އުފެއްދުމުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިޔާގެ ޤާނޫނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނަށް ސަރުކާރުން ބަދަލުތަކެއް ގެންނަވާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން ރާއްޖޭގައި މިހާރު ހިންގާ ޖާނަލިޒަމް ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރުމަށް، ސްކޮލަޝިޕާއި ލޯނުގެ ފުރުޞަތުވެސް، ކުރިމަގުގައި އިތުރުކުރައްވާނެކަމަށާއި މިއާއެކު ކުރިއަށް އޮތް އަހަރުތަކަކީ، ރާއްޖޭގެ ނޫސްވެރިކަމަށް، ވަރަށް ފާގަތި އަހަރުތަކެއް ކަމުގައި ވާނެކަމަށް އުންމީދުކުރައްވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.