ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއި އިދިކޮޅު މީޑިއާއެއް ނޯންނާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ނޫސްވެރިކަމުގެ އެވޯޑް 2018" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކޮށް، ޤައުމުގެ ކަންކަން އިސްލާހު ކުރުމުގައި ނުސްވެރިންގެ މަސައްކަތް ވަރަށް މުހިންމު ކަމަށެވެ، 

ރައީސް ސޯލިހްގެ ސަރުކާރު އައީ ނޫސްވެރިންނަށް މިނިވަންކަމާއި އެކު މަސައްކަތްކުރާނޭ މާހައުލެއް ޔަގީންކޮށްދެމުންކަން ފާހަގަކުރައްވާ ނައިބު ރައީސް ފައިސަލް ވިދާޅުވީ، މިސަރުކާރަށް ނުވަ މަސް ފުރިގެން މިދަނީ ވެސް ، ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަމާ އެކުކަމަށެވެ. 

ނޫސްވެރިންނަށް މިނިވަންކަން ދިނުމުން، މި ސަރުކާރަށް ގެއްލުމެއް ލިބުމުގެ ބަދަލުގައި ކުރީ ފައިދާކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަރުކާރާއި އިދިކޮޅު އެއްވެސް މީޑިއާއެއް ނޯންނާނެކަމަށެވެ. 

ނޫސްވެރިންގެ ޚިޔާލާއި ފާޑުކިޔުންތައް ސަރުކާރުން ކިޔައި އަޑުއަހައި ސަރުކާރުން ކުރިޔަށްދަނީ ފާޑުކިޔުންތަކުގެ އަލީގައި، ދައުލަތް ހިންގުމުގެ ކަންކަން އިޞްލާޙް ކުރަމުންކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.