2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރޭނެކަމަށް ޖުމްހޫރީ ޕާޓޫގެ ލީޑަރު ޤާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ކުނޫޒުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ކުރިއަށް އޮތް ތާންގައި ރާއްޖޭގައި އޮންނަ އެންމެ ޑިމޮކްރަޓިކް ޕާޓީއަށް ވާނީ ޖުމްހޫރީ ޕާޓީކަމަށާއި، ޖުމްހޫރީ ޕާޓީ "ރިފޯމް" ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭ ޕާޓީގެ މެމްބަރުންގެ އަދަދު 30،000 އަށް އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ޤާސިމް ވިދާޅުވިއެވެ. 

ޤާސިމް ވިދާޅުވީ، 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކެނޑިޑޭޓަކު ނެރޭނެކަމަށެވެ. އެހެންނަމަވެސް ނެރޭނެ ކެނޑީޑޭޓެއް ނިންމާނީ ޕާޓީން ކަމަށް ޤަސިމް ވިދާޅުވިއެވެ. 

"އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީންވެސް ކެންޑިޑޭޓަކު ނެރޭނެ. އެކަން ކަށަވަރު. އެއީ ކޮން ބޭފުޅެއްތޯ، އަޅުގަނޑުތޯ ނޫނީ އެހެން ބޭފުޅެއްތޯ ނިންމާނީ ޕާޓީން"ޤާސިމް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.