ހައްޔަރުކުރި މީހަކަށް އަނިޔާކުރި، ޑްރަގް އެންފޯންސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށްފަހު އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ އަނިޔާކުރި ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގު ނިންމާ ޕީޖީ ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަލައިގައި ޑޮކްޓަރުގެ ރިޕޯޓެއް ބޭނުންވާކަމަށް ޕީޖީން އެންގުމުން އެ ރިޕޯޓު ލިބުމުން މައްސަލަ ޕީޖީއާއި ހަވާލުކުރާނޭކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބައިތައް މިހާރު ނިމިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިދިޔަ ޖުލައި މަހު ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލައިގައި ހަތް ފުލުހަކު ސަސްޕެންޑް ކުރި އެވެ. އެ މީހުން ސަސްޕެންޑް ކުރި މުއްދަތު މިހާރު ހަމަވެފައި ވިޔަސް އެ މީހުން ވަޒީފާއަށް އަދި ނުނެރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.