ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީ އިށީންދެގެން އިން މީހަކު ހައްޔަރުކޮށްފިއެވެ.

ރައީސް އޮފީހުގެ މައި ދޮރާށި ކުރިމައްޗަށް ވާ ގޮތަށް ދުވާރު މަތީގައި އިށީންދެ އިންދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ އެތަނުން ދިޔުމަށް ފުލުހުން ނަސޭހަތްތެެރިވުމުންވެސް އެތަނުން އޭނާ ގޮސްފައި ނުވާތީއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.