ކްރިމިނަލް ކޯޓުން ކަތުރު ފަނި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާތީ އެ ކޯޓުގައި މިއަދު ތާވަލުކޮށްފައި ހުރި މައްސަލަތައް ކެންސަލްކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި  ކްރިމިނަލް ކޯޓުން ކަތުރު ފަނި ނައްތާލުމަށް މިއަދު އެ ކޯޓު ތެރޭގައި ވަނީ ކަތުރުފަނި މަރާ ބޭސް ޖަހައިފަ އެވެ.

އެ މަސައްކަތް ކުރިއަށްދާތީ ބަންދު އަޑުއެހުންތައް ފިޔަވައި މިއަދު ހުރިހާ އަޑުއެހުމެއް ވަނީ ކެންސަލް ކޮށްފައެވެ.

އެ ކޯޓުގައި މިއަދު ތާވަލުކޮށްފައި ހުރި ބޮޑެތި މައްސަލަތަކަށް ބަލާއިރު، ޓާމިނަލް ކެފޭ ތެރޭގައި މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލަ އާއި، އެމްއެމްއޭ ކައިރީގައި މަރާލި އިބްރާހިމް އާގިލްގެ މަރުގެ މައްސަލަ އާއި، އޮޓޯ ގަރާޖު ކައިރީގައި 14 އަހަރުގެ އިސްމާއިލް ސައްފާނު މަރާލި މައްސަލަ މިއަދަށް ތާވަލް ކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *