މުސްލިމުން ހެދުން އަޅަން ޖެހޭނީ ކީރިތި ރަސުލާ މުހައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންގެވި ގޮތަށް ކަމަށާއި އެއީ މުހައްމަދު ނަޝީދު އަންގަވާ ގޮތަކަށް ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް، ރައީސް ނަޝީދަށް ފާޑުވިދާޅުވީ، ގިޔާޒުއްދީން ސްކޫލްގެ ސްޓޫޑަންޑް އެޗީވްމަންޓް އެވޯޑްގައި ރޭ، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ގައުމިއްޔަތެއްގެ އެންމެ މުހިންމު މާނައަކީ ކުރީގައި ވެފައި އޮތް ގޮތާއި އަދި ދެން ދާން ބޭނުންވާ ތަން ސާފުވެފައި އޮތުން ކަމަށާއި، ޒަމާނުއްސުރެ ދިވެހިން އުޅެމުންދިޔަ ގޮތް ބަދަލުކޮށް އެހެން ގޮތަކަށް އަނބުރާލަން ދިވެހިންގެ ތެރެއިން ބަޔަކު އެބަ އުޅޭ ކަމަށެވެ. އަދި ދިވެހި ގައުމިއްޔަތު ލިޔެވިފައި އޮތީ ދުވަސްވީ މިސްކިތްތަކާއި ގަބުރުސްތާނުތަކާއި ޒިޔާރަތްތަކުގައި ކަމަށާއި ނަމަވެސް މިދިޔަ ވިއްސަކަށް ތިރީހަކަށް އަހަރުގެ ތެރޭގައި ގައުމިއްޔަތު ފޮހެލަން އެ މިސްކިތްތަކާއި ގަބުރުސްތާނުތައް ތަޅާލާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ދިވެހިންގެ ތެރެއަށް އެހެން ދިރިއުޅުމަކާއި ސަގާފަތެއް ގެނައުމަށް މިފަހަކުން އައިސްގެން އުޅޭ ރޫހެއްގައި، ޖީލެއްގެ ތެރޭގައި ތިން ގޮތަކަށް ހެދުން އަޅަން ފަށައިފި ކަމަށާއި އެ ގޮތުން މިހާރުގެ ޖީލުން ބުރުގާ އަޅަނީ ކުރީގެ މީހުން ނުވަތަ މަންމައާއި މާމައިން ބުރުގާ އަޅާ ގޮތަށް ނޫން ކަމަށެވެ.

އަދި މިއޮތް ހުރިހާ ދުވަހު ދިވެހިން އުޅުނީ ގޯސްކޮށް ކަމަށްދެކި މިސްކިތްތަކާއި ޒިޔާރަތްތައް ތަޅާލަން ވެއްޖެ ކަމަށާއި އެއީ ބޮޑު ބިދުއަކާއި މުންކަރާތެއް ކަމަށް ދެކެން ފަށައިފި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޑރ. އިޔާޒްގެ ޓްވީޓުގައި ރައީސް ނަޝީދަށް ރައްދު ދެއްވައި ވިދާޅުވީ، އަޅުގަނޑުމެން އީމާވާން ޖެހެނީ ކާބަފައިން އުޅުނު ގޮތަކަށް ނޫން ކަމަށާއި ބަލަން ޖެހޭނީ ގުރްއާނާއި ސުންނަތަށް ކަމަށެވެ. 

ޑރ. އިޔާޒްގެ އިތުރުންވެސް ގިނަ ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވަނީ ރައީސް ނަޝީދަށް އަމާޒުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.