މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފެރީތަކުގައި ޕްލާސްޓިކް ހޮޑު ކޮތަޅު ބޭނުން ކުރުން ހުއްޓާލައި ކަރުދާސް ކޮތަޅުތައް ބޭނުންކުރަން ފަށައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނީގެ ފެރީތަކުގައި "ހޮޑު" ކޮތަޅުގެ ގޮތުގައި މިއަދުން ފެށިގެން ބޭނުންކުރާނީ ކަރުދާސް ކޮތަޅު ކަމަށެވެ. އެމްޓީސީސީން ބުނީ މި މަސައްކަތަކީ އެ ކުންފުނިން ތިމާވެއްޓާއި ރައްޓެހި ގޮތް އިހުތިޔާރު ކުރުމަށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

މުރަކަތަކުގެ އިތުރުން ކަނޑުގައި އުޅޭ މަސްމަހާމެއްސަށް ޕްލާސްޓިކްގެ ސަބަބުން ބޮޑެތި ގެއްލުންތައް ވެއެވެ. 

އެމްޓީސީސީގެ އިތުރުން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން އަންނަނީ ޕްލާސްޓިކް މަދު ކުރުމަށް ހާއްސަ އިސްކަމެއް ދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.