މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ގެންދަނީ އެ ވިޔަފާރި ކުރުމުގެ ވައްޓަފާޅި ބަދަލުކޮށް، އާ ގޮތްތަކެއް ހޯދަމުންކަމަށާއި މި މައްސަލައާ ކުރިމަތިލުމަށް އާ ތަސައްވުރެއް ބޭނުންވާ ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ. މަސްތުވާތަކެތީގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ ގޮތުންވެސް ނޭދެވޭ އަސަރުތަކެއް ފޯރަމުންދާ ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުންކުރުން އިތުރުވަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިކަންކަމާ މެދު ސަމާލުވެ، ހުށިޔާރުވާންޖެހޭ ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގައިވެސް ތަފާތު ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށެެވެ.

"އީޖާދުވަމުންދާ އާ ގޮތްތަކާ އެއްހަމައެއްގައި އަޅުގަނޑުމެންގެ މަސައްކަތް ވެސް ކާމިޔާބުކުރުމަށްޓަކައި އާ ތަސައްވުރުތައް އެކުލަވައިލައި އާ ޕްލޭންތަކަށް މަސައްކަތްކުރަން ޖެހޭ،"

މިނިސްޓަރު ވިދާޅުވީ މީހަކު މަސްތުވާތަކެތި ބޭނުންކުރުމުން އެކަމުގެ އަސަރުކުރަނީ ހަމައެކަނި އޭނާގެ އާއިލާއަށް ނޫން ކަމަށާއި، މުޅި މުޖުތަމައަށް ސީދާ އަދި ނުސީދާ އަސަރު ފޯރާ ކަމަށެވެ.

"ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ކުރާ ހަރަދު އިތުރުވުމާއި، އަމަން އަމާންކަމަން ބެލެހެއްޓުމާއި ތަހުގީގީ، ތަންފީޒީ އަދި ޝަރުއީ ދާއިރާއަށް ކުރެވޭ ހަރަދު އިތުރުވެގެން ދޭ. އޭގެ ނަތީޖާއަކީ އަސަސީ ހިދުމަތްތައް ފޯޜުކޮށްދިނުމުގައްޔާއި ތަރައްގީގެ މަޝްރޫއުތަކަށް ކުރެވޭ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދޭ،"ޝިދާތާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ކޮންމެ ފަރުދަކުވެސް ވިސްނަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.