ޤަވާއިދާއި ޚިލާފަށް ބިދޭސީން ރެކްރޫޓޫ ކުރާކަމުގެ ތުހުމަތުގަޔާއި، ޤަވާއިދާއި ޚިލާފަށް ވިޔަފާރިތައް ކުރާކަމުގެ ތުޚުމަތުގައި "މާސްޓަރ" އަތުލައިގަނެ ޑީޕޯޓުކޮށްލައިފިއެވެ.

އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، 49 އަހަރުގެ އެމްޑީ ޝާފިގުލް އިސްލާމު އާންމު ނަމުން ނަމަ "މާސްޓަރ" ކިޔާ ބަންގްލަދޭޝްގެ ރައްޔިތެކެވެ. 

ފޮޓޯ: އެމްޑީ ޝާފިގުލް އިސްލާމް (މާސްޓަރ)

އިމިގްރޭޝަނުން ބުނީ މިއަދުގެ ވަގުތެއްގައި "މާސްޓަރ" ޑީޕޯޓުކޮށްލާފައިވާކަމަށެވެ. 

ޤަވާއިދާއި ޚިލާފަށް ވަރަށް ގިނަ އަދަދެއްގެ ބިދާސީން ރާއްޖޭގައި އުޅޭއިރު، ގިނަ ބިދޭސީން ދަނީ އަމިއްލަ ބޮޑެތި ވިޔަފާރިތައް ހިންގަމުންނެވެ. އަދި ކުދި އުޖޫރަތަކުގައި މަސައްކަތްތައް ނަގައިގެން ކުރަމުންނެވެ. ނަމަވެސް މިއީ ސަރުކާރުތަކަށް ހައްލުކުރަން އުދަގޫވެފައިވާ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.