2019 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގައި އެކި މާއްދާތަކުން މުޅި ދުނިޔެ އިން އެއް ވަނަ ރާއްޖޭގެ ހަ ދަރިވަރަކު ހޯދައިފި އެވެ.
ސާނަވީ އިމްތިހާންގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، އެކިއެކި މާއްދާތަކުން 53 ދަރިވަރަކު ވަނީ ދުނިޔޭގެ ފެންވަރުގައި ހިމެނިފަ އެވެ.
ސާނަވީ އިމްތިހާނުން މުޅި ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރުން:
1. އަހުމަދު ރަސަލް ތަސްލީމް، އަހުމަދިއްޔާ ސްކޫލް. ބިޒްނަސް އަދި އިކޮނޮމިކްސްއިން
2. ޒަޔާން އަބްދުﷲ ނާޒިލް، އިސްކަންދަރު ސްކޫލް، ބަޔޮލޮޖީން
3. އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް، މެރިން ސައިންސުން
4. ޒަޔާން ސައުދުﷲ، ހއ. އުލިގަމު ސްކޫލް، މެތަމެޓިކްސްއިން
5. އަޒްމާން އަބްދުﷲ، ބިލަބޮންގް ސްކޫލް، ސޯޝަލޮޖީން
6. އާމިނަތު ލާމިއާ މަގްބޫލް، އިސްކަންދަރު ސްކޫލް، ޓްރެވެލް އެންޑް ޓޫރިޒަމުން
މި ދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ހަ ހާހަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއިރު، އޭގެ ތެރެއިން 404 ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން 8 ދަރިވަރަކު ވަނީ ރާއްޖޭގެ އެއްވަނަ ހޯދާފައެވެ.
ރާއްޖޭގެ އެއްވަނަ ހޯދި ދަރިވަރުން:
1. އަޙުމަދު އީޖާޒް ހުސެއިން، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު
2. މަރްޔަމްް އިނާން އިބްރާހިމް ރަޝީދު، އަމީނިއްޔާ ސްލޫލް
3. ހާޝިމް އިބްރާހިމް. ފ. އަތޮޅު ތައުލީމީ މަރުކަޒު
4. ޔޫސުފް ޔާނިއު އަޙުމަދު، ޖަމާލުއްދީން ސްކޫލް
5. މުޙައްމަދު އައިލަމް ހުސައިން، އަހުމަދިއްޔާ ސްކޫލް
6. އާމިނަތު ޖަންނަ، އަމީނިއްޔާ ސްކޫލް
7. އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް
8. އާމިނަތު ނޫހާ ނިމާލް، ކަލާފާން ސްކޫލް
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.