ނޯތް ހާބަރުގައި އޮތް "ބެސްޓް ލައިން" ބޯޓުގެ ފަލްކާ ތެރޭގައި ހުރި ގޭސްފުޅިތަކުން ލީކުވެފައިވާކަން ފާހަގަކުރެވިފައިވަނީ 83 ގޭސްފުޅި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ލީކުވި ހުރިހާ ފުޅިއެއް މިހާރު ވަނީ އަނބުރާ ކުންފުނިތަކާއި ހަވާލުކުރެވިފައެވެ.
އިއްޔެ 19:00 ހާއިރު ވަނީ އެ ގޭސްފުޅިތަކުގެ ތެރެއިން ގޭސްފުޅިއެއް ގޮވައި ފަސް ދިވެހިންނާއި ދެ ބިދޭސީންނަށް އަނިޔާވެފައެވެ. އަދި އެމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށްވެސް ގެންދެވުނެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލަ މިހާތަނަށް ބެލި ބެލުމުން ގޭސްފުޅިތައް މައްޗަށް ގިނަ އަދަދެއްގެ މުދާ ޖަހާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.