ޚަބަރު
އުޅަނދެއްގެ ތެރޭ މަރުވެފައި އޮތް މީހާގެ މަރުގައި ޝައްކު ކުރެވޭ ކަމެއް ނެތް: ފުލުހުން
މަރުވެފައި އޮތް މީހާ ފެނުނު އުޅަނދު. -- ފޮޓޯ: އަލީ ވިސާމް

ހުޅުމާލޭގައި ޕާކްކޮށްފައި އޮތް އުޅަނދެއްގެ ތެރެއިން ފެނުނު މަރުވެފައި އޮތް މީހާގެ މަރުގައި ޝައްކު ކުރެވޭ ކަމެއް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލެ ފޭސް 1 ގެ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް އުޅަނދެއްގެ ތެރެއިން ހަބަރު ހުސްވެފައިވާ މީހަކު ފެނިގެން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.

އޭނާ ހަބަރު ހުސްވެފައި އޮއްވާ ފެނުމުން އޭނާ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

އެމީހާއަކީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން ބުނީ އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލި ބެލުމުން ފެނިފައި ނުވާ ކަމަށެވެ. އެމީހާގެ ހަށިގަނޑާމެދު އަމަލުކުރާނެ ގޮތަކާމެދު އާއިލާއާ މަޝްވަރާކުރެވެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top