އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީ މުސްއަބު އަބްދުﷲ އެމަގާމުން ވަކިކޮށްފިއެވެ.

މި އަހަރުގެ މެއި މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރެ، އަދި ފަސް ފަހަރެއްގެ މަތިން ސަސްޕެންޝަން އިތުރުކުރެވުނު މުސްއަބު މަގާމުން ވަކިކުރީ އޭނާ އެ މަގާމުން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވަނިކޮށެވެ.

މުސްއަބު ވަޒީފާއިން ވަކިކުރީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވިކަން ސާބިތުވެގެންނެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސިވިލް ސާވިސް ކޮމިޝަނަށް ވަނީ މުސްއަބު އާއި މެދު ގިނަ ތުހުމަތުތަކެއް ކޮށް ލިޔުމެއް ހުށަހަޅާފައެވެ. އެ ލިޔުމުގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނާއި ގަވައިދާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ހިމެނެއެވެ.

ސިވިލް ސާވިސްގެ ގަވައިދު ބުނާގޮތުން ޕާމަނަންޓް ސެކްރެޓަރީގެ ގޮތުގައި ހުރެ ގާނޫނު ގަވައިދުތައް ކަށަވަރުކުރުމަކީ މުސްއަބުގެ ޒިންމާއެކެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މުސްއަބު އަބްދުﷲ އައްޔަނުކުރީ 25 ޖުލައި 2017 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.