ހިތްތަކަށް ތަސައްލީއެއް ލިބޭގޮތަށް ފުލުހުންގެ އޮޕަރޭޝަންސްތައް ހިންގުމަށް ޕީޕީއެމް ކޯލިޝާނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް، ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަންގައި ދެ މުއައްސަސާއިން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ސުވާލުތަކެއް އުފައްދާފައެވެ. އަދި ފުލުހުންގެ މި އޮޕަރޭޝަން ސިފަވަނީ ޑްރާމާއެއްގެ ގޮތުގައިކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ދެމެދު އޮންނަ ވާދަވެރިކަމަކީ ރައްޔިތުންނަށް އެކަމުގެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށެވެ.

"ބަޑި ހިފައިގެން ސިފައިން މާލެ ތެރޭގައި ހަރަކާތްތެރިވާއިރު، ފުލުހުން އަންނަ ގޮތަށް ރެއިޑް ކުރާއިރު ވެސް ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ލިބޭނެ މިންވަރަށް މި ކަންތައްތައް ހަމާކޮށްދިނުމަށް ގޮވާލަން. ދެ ބޭފުޅުން ގެ މެދުގައި އޮންނަ ވާދަވެރިކަމުގައި ރައްޔިތުން ބިރުވެރިކަމަށް ދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމައް." ޝުޖާއު ވިދާޅުވި އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެދިގެން ރޭގެ ވަގުތެއްގައި ފުލުހުން ފެށި އޮޕަރޭޝަންގައި ގިނަ ގެތަކެއް ދަނީ ބަލާ ފާސްކުރަމުންނެވެ. އަދި ކަނޑުމަތީގެ އޮޕަރޭޝަނެއް މިއަދު ޖައްސާފައިވާއިރު، މިއަދު މިހާތަނަށް ހަތަރު ގެޔަކާއި، އެއް ކެފޭއެއް ފުލުހުންވަނީ ބަލާ ފާސްކޮށްފައެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *