ނޯތު ޚާބަރުގައި އޮތް ބޯޓެއްގައި ގޭސްފުޅިއެއް ގޮވާ ހަ މީހަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަނިޔާވެފައިވަނީ ހަތަރު ދިވެހިންނަށާއި 2 ބިދޭސީންނަށްކަމަށެވެ. އަދި ހަ މީހުންވެސް މީހުން އައިޖީއެމްއެޗަށް ގެންގޮސްގެން ފަރުވާދެމުން ދާކަމަށެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓޫކޮށްފައިވަނީ މިރޭ  7:15ހާއިރުގައި ކަަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި ހާދިސާގައި އަނިޔާވި މީހުންނަށް ލިބުނީ ކޮށް އަނިޔާކަތެއްކަން އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

އެ ސަރަޙައްދުގައި ފުލުހުންދަނީ ޚަރަކާތްތެރިވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.