ދުނިޔެ
މިސްރުން އަލުން އީރާނާއިއެކު ހާރިޖީ ގުޅުން ބާއްވަނީ
މިސްރުގެ ރައީސް

މިސްރުން އަލުން އީރާނާއިއެކު ހާރިޖީ ގުޅުން ގާއިމުކުރަން އުޅޭ ކަމަށް ރިޕޯޓްކޮށްފި އެވެ.

މިސްރުގެ ފޮރިން މިނިސްޓަރު ސަމީހު ޝައުކްރީ ހާމަކުރެއްވި ގޮތުގައި ދެ ގައުމުން ވެސް މިހާރު ދަނީ ޑިޕްލޮމެޓިކް ގުޅުންތައް “ރަނގަޅު ބިންގަލެއްގައި” ގާއިމު ކުރަން މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދަމުން ނެވެެ.

ދެގައުމުގެ ގުޅުން ވަނީ މީގެ އަހަރުތަކެއް ކުރިން އީރާނަށް އައި އިންގިލާބުގެ ފަހުން ގޯސްވެފަ އެވެ.

މިސްރުން މިހާރު މަސައްކަތް ކުރަމުންދަނީ އީރާނާއިއެކު ހީނަރުވެފައިވާ ގުޅުން އަލުން އާރާސްތު ކުރުމަށް މަސައްކަތް ކުރަމުން ނެވެ. ނަމަވެސް އީރާނަށް “އަރަބި ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް” އިންޒާރު ދޭނެ ކަމަށް މިސްރުން ބުނެފައި ވެއެވެ.

40
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top