ގދ. ތިނަދޫގައި އިސްލާމް ދީނާއި ދެކޮޅަށް ފާޅުގައި ނުކުތް މީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ، އިސްލާމް ދީނާއި ދެކޮޅަށް ނުކުތް މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށާއި އެމީހާއަށް އިންޒާރު ދިން މައްސަލަވެސް ފުލުހުން ބަލަމުންދާ ކަމަށެވެ.

ދީނާ ދެކޮޅަށް ނުކުމެފައި ވަނީ ރުޝްތުމް ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާއަކީ މީގެ ކުރިން ފާޅުގައި މީސް މީޑިއާގައި އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ ޒުވާނެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.