މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މަޖީދީމަގާއި ރައްދެބައިމަގު ގުޅުނު ހިސާބުގައި ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ ބިދޭސީއެއް ކަމަށާއި، މި ހާދިސާގެ ރިޕޯޓް އެ ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު ކަމަށެވެ.

އަދި ވެއްޓުނު މީހާ މިހާރު ވަނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.