މަރު ކޮމިޝަނުން އާއްމުކުރި ރިޕޯޓްގައި މިނިވަން ފިކުރާއި ދެކޮޅު މީހެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)ގެ ގެއަށް ފުލުހުން ވަދެ އެގެ ފާސްކުރަމުން އެބަގެންދެއެވެ.

އިސްމާއިލް އަބްދުލްރަހީމް އާދަމް އަކީ ސީރިއާއަށް ދިއުމަށް ތުރުކީ ބޯޑަރު ހުރަސްކުރަން އުޅެނިކޮށް ޑީޕޯޓް ކޮށްލި މީހެކެވެ. އޭނާގެ މައްޗަށް އެމައްސަލައިގައި ދައުވާވެސް އުފުލިއެވެ. ނަމަވެސް އެ ދައުވާ ފަހުން ވަނީ ބާތިލް ކޮށްފައެވެ.

އިސޫ އަކީ މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި މަސްޖިދުލް ފުރުގާން މިސްކިތްދޮށުގައި ހަރަކާތްތެރިވާ ޖިހާދީ ފިކުރުގެ ޖަމާއަތުގެ މެންބަރުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވާ މީހެކެވެ.

މަރު ކޮމިޝަންގެ ރިޕޯޓުގައި ވާގޮތުން އިސޫއަކީ 2011 ވަނަ އަހަރު ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ބޭއްވި މުޒާހަރާއާއި ދެކޮޅަށް ނުކުތް މީހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.