ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.
ރ. އަތޮޅު މީދު އާއި އަލިފުއްޓަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ އަލިފުށީ ސުކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުގައި މީދޫއަށް ވަޑައިގެން އެ ރަށުގެ ހާލަތު ވެސް ރައީސް ބައްލަވާ ލައްވާނެ އެވެ.