ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝީޕަށް ކުރިމަތިލާން ހުޅުވާލައިފި

މަތީ ސާނަވީ އިމްތިހާނުން ރަނގަޅު ނަތީޖާ ހާސިލް ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕަށް ޝަރުތުހަމަވާ ދަރިވަރުންނަށް ޖުލައި 31، 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން މި ސްކޮލަޝިޕަށް ޝަރުތު ހަމަވާ ދަރިވަރުންނަށް ކަމަށެވެ.

މި ސްކޮލަޝިޕް ލިބޭނީ މަތީ ސާނަވީ އިމްތިހާނުގައި އިސްލާމާއި ދިވެހި މާއްދާ ހިމެނޭހެން މަދުވެގެން ފަސް މާއްދާއިން އޭ ސްޓާ ހޯދުމާއެކު އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސި މާއްދާއިން ސީ ފާހަށް ވުރެ މަތީ ފާހެއް ހޯދާފައިވާ ދަރިވަރުންނަށެވެ.

ރައީސް ދެއްވާ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ރާއްޖެ، ސާކްގެ އެހެނިހެން ގައުމުތައް، މެލޭޝިއާ، ތައިލޭންޑް، ފިލިޕީންސް، ޗައިނާގެ އިތުރުން އޯއީސީޑީގެ ގައުމުތަކުން ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top