ދުނިޔެ
ފްރާންސްގައި ޓިކްޓޮކް މަނާކޮށް ކުއްލި ހާލަތު އިއުލާންކޮށްފި

ފަރަންސޭސި ވިލާތުގެ ނިއު ކެލެޑޯނިއާ ސަރަހައްދުގައި ޓިކްޓޮކް މަނާކޮށް ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

މިއަދު ފަރަންސޭސިވިލާތުން ވަނީ ނިއު ކެލެޑޯނިއާގެ ބަނދަރުތަކާއި ބައިނަލްއަގްވާމީ އެއާޕޯޓަށް ސިފައިން ފޮނުވާފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މިހާރު ނިއު ކެލެޑޯނިއާގެ ބައިނަލްއަގްވާމީ އެއާޕޯޓްގައި ވަނީ އިންޓަނޭޝަނަލް ދަތުރުތައް ކެންސަލްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ނިއު ކެލެޑޯނިއާގައި ނުރައްކާތެރި ހަޅުތާލުތައް ކުރިއަށް އެބަގެންދެ އެވެ. ތިން ރޭވަންދެން ކުރިއަށްގެންދިޔަ މި ހަޅުތާލުގަކުގައި 4 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައި ވެއެވެ.

ނިއު ކެލެޑޯނިއާގައި މި ހަޅުތާލު ކުރިއަށްގެންދަން ފެށީ އެ ސަރަހައްދުގެ އިލެކްޓޮރޭޓަށް ގެންނަން އުޅޭ ބަދަލަކާއި ގުޅިގެން ނެވެ. މިހާރު ފަރަންސޭސި ގާނޫނު ހަދަ މަޖިލީހުން ވަނީ ނިއު ކެލެޑޯނިއާ ނިސްބަތްވާ ދާއިރާއަށް ފަރަންސޭސިވިލާތުގެ މެއިންލޭންޑްގެ ރަށްވެހިންނަށް ވޯޓު ލެވޭނެ ގޮތް ހެދުމަށް ފާސްކޮށްފަ އެވެ. ނިއު ކެލެޑޯނިއާއަކީ އޮސްޓްރޭލިއާއާއި ފީޖީގެ ދެމެދު އޮންނަ ޕެސިފިކް ކަނޑުގައި އޮންނަ ސަރަހައްދުތަކުގެ ތެރެއިން ފަރަންސޭސި ވިލާތުގެ އިހުތިސާސުގައި ހިމެނޭ ވަކި ޖަޒީރާ ރަށެކެވެ. އެރަށުގައި ދިރިއުޅެނީ 300،000 އެއްހާ މީހުން ނެވެ.

ނިއު ކެލެޑޯނިއާގައި ކުއްލި ހާލަތު އިއުލާންކުރުމާއެކު ފުލުހުންނަށް މުޒާހަރާ ކުރާ މީހުން ގޭ ބަންދަށް ބަދަލުކުރުމުގެ އިހުތިޔާރު ލިބިގެން ވެއެވެ. އަދި ކާފިއު އިއުލާންކޮށް، ކޯޓު އަމުރަކާ ނުލާ ތަންތަން ބަލާ ފާސްކޮށް ލައިސެންސް ދޫކޮށްފައިވާ ހަތިޔާރުތައް އަތުލުމުގެ ބާރު ލިބިގެން ވެއެވެ.

އެ ސަރަހައްދުގައި ތިބި ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ހަމަނުޖެހުންތަކުގައި ހޯމަ ދުވަހުން ފެށިގެން 130 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެންމެ ފަހުން ނިއު ކެލެޑޯނިއާގައި ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ 1985 ވަނަ އަހަރުގަ އެވެ.

139
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top