ގދ. ތިނަދޫގައި އިސްލާމް ދީން ގަބޫލު ނުކުރާ މީހަކު ފާޅުގައި ދީނާ ދެކޮޅަށް ނުކުމެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިސްލާމް ދީނާއި ދެކޮޅަށް ނުކުމެފައި ވަނީ ރުޝްތަމް ނަމަކަށް ކިޔާ ފިިރިހެނެކެވެ.

އެނގިފައިވާގޮތުން އޭނާއަކީ މީގެ ކުރިން ފާޅުގައި މީސް މީޑިއާގައި އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލި ޒުވާނެކެވެ.

އިސްލާމް ދީނާއި ދެކޮޅަށް ފާޅުގައި އޭނާ ނުކުތުމުން ތިނަދޫ ޒުވާނުން މިހާރު ދަނީ އޭނާއާ ދެކޮޅަށް ނުކުތުމަށް ތައްޔާރުވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިހާރު ދަނީ ރުޝްްތުމް ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފަހަކަށް އައިސް މީސްމީޑިޔާގެ އެކި މަންސަތަކުގައްޔާއި ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކުރާ ދިވެހިންގެ އަދަދު ވަނީ އިތުރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.