ދެ ރަށެއްގެ ސްކޫލުގައި މަލްޓި ޕާޕަސް ހޯލްއެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

މިއަދު މެންދުރު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ލ. އިސްދޫ ސްކޫލާއި ފުވައްމުލަކު ސިތީ މުހައްމަދު ޖަމާލުއްދީން ސްކޫލުގައި މަލްޓި ޕާޕަސް ހޯލްގެ ދެ ބުރި އިމާރާތް ހެދުމަށް ޑަބްލިއު އެންޑް އޭ އޯވަސީސް ޕީޓީއީ ލިމިޓެޑްއާ ވަނީ 14.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފަ އެވެ. 

އެ އެއްބަސްވުމުގައި ޑަބްލިއު އޭ އެންޑް އޯވަސީސްގެ ފަރާތުުން ސޮއި ކުރެއްވީ ޑިރެކްޓަރު އަހުމަދު އަސްލަމް އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެގްރީމެންޓުގައި ސޮއިކުރށ ތާރީހުން ފެށިގެން 210 ތެރޭގައި ނިންމާ އެޑިއުކޭޝަނާއި ހަވާލުކުރާ ގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދެ މަލްޓި ޕާޕޯސްހޯލްވެސް ނިންމައި އަންނަ އަހަރު ސެޕްޓެމްބަރު މަހު ބޭނުންކުރެވޭވަރުވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.