ގދ. ފަރެސްމާތޮޑާ ހުވަދޫ ސްކޫލް ކުދިންގެ އިއްޔެގެ ހެނދުނުގެ ނާސްތާއިން ފުޅަތަކެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ މީސް މީޑިޔާގައި މިކަމާއި ގުޅިގެން އާންމުވި ވީޑިޔޯއަކާއި ގުޅިގެންނެވެ. ފަރެސްމާތޮޑާ ސްކޫލުންވެސް ވަނީ މިދފަދަ ހާދިސާއެއް ހިނގިކަން ކަށަވަރުކޮށްދީފައެވެ.

އެ ސްކޫލުގެ  ޕްރިންސިޕަލް ރައޫފް ވިދާޅުވީ އެކަން  މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި، މިކަމާއި ގުޅިގެން ސްކޫލުން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފުޅަ ފެނިފައިވަނީ ދަރިވަރުންގެ ނާސްތާއަށްފަހު ބާކީވި ނާސްތާއިން ޓީޗަރަކު ކާން އުޅުނު ސޭންޑްވިޗެއްގެ ތެރެއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.