ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ހާޒިރުވެފައި ވަނީ 34 މެމްބަރުން ކަމަށް މަޖިލީހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިއަަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހުގެ 47 ޖަލްސާއެއް ބާއްވައިފައިވާއިރު، އެ ހުރިހާ ޖަލްސާއަކަށް ހާޒިރުވެފައިވަނީ 87 މެންބަރުންގެ ތެރެއިން 34 މެމްބަރުންނެވެ.
މާލޭ ސިޓީގެ މެންބަރުންގެ ތެރެއިން ހުރިހާ ޖަލްސާއަކަށް ހާޒިރުވެފައި ނުވެނީ ހަތަރު މެންބަރުންނެވެ.
ރަސްމީ ދަތުރެއްގެ ސަބަބުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަތަރު ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ނުވާއިރު ނައިބު ރައީސާ އީވާ އަބްދުﷲ އަށް ވެސް އެއް ޖަލްސާ ގެއްލިފައިވެއެވެ.
މި ދައުރުގައި އެންމެ ގިނައިން ސަލާމް ބުނެފައި ވަނީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ. އެގޮތުން ސައުދު ވަނީ ނިމުނު ދައުރުގައި 12 ޖަލްސާއަކަށް ސަލާމް ބުނެފަ އެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމުނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.