އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން އިއްޔެ ހަވީރު ކަރަންޓު ކެނޑި، ދިމާވި މައްސަލައަށް ހައްލެއް ހޯދައި، ރޭގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް އަލުން އިޔާދަކޮށްދީފިއެވެ.
އިއްޔެ ކަރަންޓު ކެނޑުނީ ފޭދޫގެ އިތުރުން މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫއިންނެވެ.
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ, އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓަށް ދިމާވި މައްސަލައަށް ހައްލެއް ގެނެސް މިހާރު އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދީފައިވާ ކަމަށާއި، އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން އެ ކުންފުނީގެ ޓެކްނީޝަނުން ބަލަމުން އަންނަ ކަމަށެވެ.
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ އެ ރަށްތަކަށް ކަރަންޓު އަލުން ލިބުނީ ރޭ 10:30 ހާ އިރު ކަމަށެވެ.