ޚަބަރު
ކޮމަންވެލްތުން ރާއްޖޭގައި އޮފީހެއް ގާއިމުކުރަނީ

ކޮމަންވެލްތް އެންޓަޕްރައިޒް އެންޑް އިންވެސްޓްމެންޓް ކައުންސިލް (ސީޑަބްލިޔުއީއައިސީ) އިން ރާއްޖޭގައި އާ ހަބް އޮފީހެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އިއުލާންކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު ރާއްޖޭގައި ސީޑަބްލިޔުއީއައިސީގެ ކަންޓްރީ ޗެއާގެ މަގާމު އަދާކުރައްވައި، ހަބް އޮފީހުގެ މަސައްކަތްތައް އިރުޝާދު ދެއްވައި، ކޮމަންވެލްތާއި ސީޑަބްލިޔުއީއައިސީ ރާއްޖޭގެ ސަރުކާރަށާއި ދިވެހި ވިޔަފާރިވެރިންނަށް ޕްރޮމޯޓް ކުރައްވާނެ އެވެ.

ޖަނާހަކީ ރާއްޖެ އަދި މެދުއިރުމަތީގެ ވިޔަފާރިތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ވިޔަފާރިވެރިއެއް އަދި ޑިވެލޮޕަރެކެވެ. އޭނާ އަކީ ސީޑަބްލިޔުއީއައިސީގެ ސްޓްރެޓެޖިކް ޕާޓްނަރެއް ކަމަށްވާ ކޮންސްޓްރަކްޝަން ޓެކްނޮލޮޖީ، މެރިން ޕްރޮޑަކްޓްސް، އަދި އިންވެސްޓްމަންޓްތައް ހިމެނޭ ޑައިވަރސިފައިޑް ކޮންގްލޯމެރޭޓެއް ކަމަށްވާ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަންގެ ޗެއާމަން އަދި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސް (ހަރީމް) ގެ ގްރޫޕް ޗެއާމަންގެ މަގާމު އަދާކުރައްވާ ބޭފުޅެކެވެ.

ހަބް އޮފީހަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓާއި ވިޔަފާރި އަދި ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރާ ކޮމަންވެލްތުގެ ވިޔަފާރިތަކަށް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަރަކާތްތެރިވެ، ދިވެހި ސަރުކާރާއި އަމިއްލަ ފަރާތްތައް ތައާރަފްކުރުމަށް މަގުފަހިކޮށްދެއްވާނެ ފަރާތެކެވެ.

ކޮމަންވެލްތުގެ 56 މެންބަރު ގައުމުގައި ހުރި ތަފާތު އަދި އެތައް ފުރުސަތުތަކެއް ހޯދުމަށް މަސައްކަތްކުރާ ރާއްޖޭގެ ވިޔަފާރިތަކަށްވެސް ހަބް އޮފީހުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ރާއްޖޭގެ ވިޔަފާރިތަކަށް، އާ ހަބް އޮފީސް މެދުވެރިކޮށް، ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި ސީޑަބްލިޔުއީއައިސީ ހަމަޖެހުމުން، މުޅި ކޮމަންވެލްތުގައި އިވެންޓް ޑެލިގޭޝަންތަކާއި ޕްރޮގްރާމް އޮފް އެކްޓިވިޓީއާ ގުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top