އެމަނިކުފާނަށް ފުލުހުން ފާރަލަމުން ގެންދާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދަރުބާރުގޭގައި ކުރިއަށް  ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ޒަމާނުއްސުރެ ކަންބޮޑުވަމުން އަންނަ ކަމެއް ހާމަވެފައިވާ ކަމަށާއި އެއީ ހަރުކަށި ވިސްނުމުގެ ބަޔަކާއި މިނިވަން ހިޔާލުގެ ބަޔަކާ ދެމެދު ހިނގާ އަރާރުމެއްގެ ތެރޭގައި މީހުން މަރާ ކަމާއި މީހުން މެރުމުގައި ފުލުހުންނާއިު ސިފައިންގެ ތެރެއިން ބަޔަކު ވެސް ބައިވެރިވާކަން ކަމަށެވެ.

ނަޝީދު ވިދާޅުވީ، މީހުން މެރުމުގައި ފުލުހުންނާއި ސިފައިން ބައިވެރިވާ ކަމަށް މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ނެރުނު ރިލްވާން މައްސަލައިގެ ރިޕޯޓްގައި ބުނާއިރު އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ، އެކަމާ ގުޅިގެން އެއިރެއްގައި ދައްކަންހުރި ވާހަކަ ދައްކާނެ ކަމަށާއި އެގޮތަށް ވާހަކަ ދައްކާތީ އެމަނިކުފާނަށް ނުރައްކާވާ ކަމަށެޗެ.

"އެއިރެއްގައި ދައްކަންހުރި ވާހަކައެއް އަޅުގަނޑު ދައްކާނަން. އަޅުގަނޑަށް އޭގެ ސަބަބުން ކިތަންމެ ކިތަންމެ ނުރައްކަލެއް ދިމާވޭ. އަޅުގަނޑަށް އެކަން ވެސް އެނގޭ. އަޅުގަނޑު ކައިރީގައި މީގެ ތިން ރޭ ކުރީގައި އެމްއެންޑީއެފުން ބުނި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ވެސް ފުލުހުން ވެސް ކޮށްފާނެ." ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވަނީ ތަކުރާރުކޮށް ފުލުހުންގެ މުއައްސަސާ އިސްލާހުކޮށް ހަރުދަނާ ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.