މާލެ ދަތުރު ކުރަނިކޮށް ރޭ ފަރަށް އެރި ލޯންޗް މިއަދު ފުންކޮށްގެން ގާފަރަށް ގެންނަނިކޮށް ގާފަރު ކައިރިއަށް އަޑިއަށް ހިނގައްޖެއެވެ.

އަށްޑިހަ ހަތަރު ފޫޓުގެ ދިގުމިން ހުރި އެ ލޯންޗް އަޑިއަށް ދިޔައިރު، ލޯންޗުގައި ފަސް މީހުން ތިއްބެވެ. އެ ފަސް މީހުން ވަނީ ސަލާމަތްކޮށްފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކޮމްޕޯޓް އެކްސްޕްރެސް ނަމަކަށް ކިޔާ ފެރީ ލޯންޗް ގާފަރާއި މާލެ އާއި ދެމެދަށް ކަނޑަށް އަޑިއަށް ގޮސްފައިވާ ކަމަށާއި މި ލޯންޗް އަޑިއަށް ދިޔައީ ފަރުމަތިން ފުންކޮށްގެން ގާފަރަށް ގެންދަން ވެގެން އެހެން އުޅަނދެއްގައި ކަފު ޖަހައިގެން ދަތުރުކުރަމުން ދަނިކޮށް މިއަދު 09:45 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވި ލޯންޗް އަޑިއަށް ދިޔަ ސަރަހައްދުގައި ކޯސްޓްގާޑްގެ ލޯންޗެއް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.