ގައުމީ ގުރުއާން މުބާރާތުން މުޅި މުބާރާތުގެ އެއްވަނަ އިމާދުއްދީން ސްކޫލްގެ ދަރިވަރު މުހައްމަދު ސާއީ މުބާރަކް ހޯދައިފިއެވެ.
ސާއީ ވަނީ ސްކޫލް ކުދިންގެ ބައިން ފޮތުން ކިޔެވުމުގެ ގޮފިން ކީސްޓޭޖް ހަތަރަކުން އެއްވަނަ އާއި ސްކޫލްތަކުގެ ބައި އަދި ހާފިޒުންގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކޮށްފައެވެ.
ޤުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ސާއީއަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްއެވެ.
މުޅި މުބާރާތުން ދެވަނަ ހާސިލްކޮށްފައިވަނީ އިސްލާމިކް ޔުނައިޓެޑް ފޯ އަސާސް ވިނަވި އެންޑް އިޔާރް (އިއުފަވި) އިން މުބާރާތުގައި ބައިވެރިވި މުހައްމަދު ނަބީހު ރާޝިދެވެ.
މުބާރާތުން ތިން ވަނަ ހާސިލްކޮށްފައިވަނީ ދައުވާ ފައުންޑޭޝަންގެ މުހައްމަދު ނަބުހާނެވެ.
މިއަހަރުގެ ޤުރުއާން މުބާރާތުގައި ސްކޫލްތަކުގެ ބައިން ސާނަވީން އެއްވަނަ ތާޖުއްދީން ސްކޫލުން ހޯދިއިރު . ދެވަނަ ހޯދީ އަރަބިއްޔާ ސްކޫލުންނެވެ. އަދި ތިންވަނަ ހޯދާފައިވަނީ ކަލާފާނު ސްކޫލުންނެވެ، ސްކޫލްތަކުގެ ބައިން މަތީ ސާނަވީން އެއްވަނަ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދިއިރު، ދެވަނަ ހޯދީ އަރަބިއްޔާ ސްކޫލެވެ. އަދި ތިން ވަނަ ސްކޫލަކަށް ހޮވުނީ ހޯދާފައިވަނީ ސީއެޗްއެސްއީ އިންނެވެ.
މިއަހަރު ބޭއްވި މުބާރާތުގައި ޖުމްލަ 1273 ބައިވެރިން ބައިވެރިވިއެވެ.