މަނާ ސަަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ފާއިތުވި ހަފްތާގައި 11 މީހަކު ޖޫރިމަނާ ކޮށްފައި ވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ކޮންމެ ހަފްތާ އަކު އާއްމު ކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި ވެސް މަނާ ތަންތަނުގައި މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން 11 މީހުން ޖޫރިމަނާ ކޮށްފައިވެއެވެ.  ދުންފަތުގެ އިސްތިއުމާލް ކުރުން މަނާތަނެއްގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ 500 ރުފިޔާ އިން ޖޫރިމަނާ ކުރާ ކަމެކެވެ. 

ފުލުހުންގެ "އެންވާރްމަންޓް ޕޮލިސް" އަށް ހުށަހެޅުނު މައްސަލަތައް ހާމަކޮށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި ހަފްތާގައި ކުނިއެޅުން މަނާ ތަންތަނަށް ކުނި އެޅުމުން ހަތް މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، ތަފާތު މައްސަލަތަކާއި ގުޅިގެން އެންވާރްމަންޓް ޕޮލިސް އިން 137 ފަރާތަކަށް ނަސޭހަތް ދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.