މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ މައިގަނޑު މަޤުސަދަކަށް ވާންޖެހޭނީ ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުން ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސް އެފަދައިން ވިދާޅުވެފައިވަނީ އެމްއާރްއެމް އުފެއްދުމަށް ބާއްވާ ޖަލްސާގައި ފާސްކުރާނެ އަސާސީ ޤަވާއިދު އަދި އެމްއާރްއެމްގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތާއި ބެހޭގޮތުން ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައެވެ. 

އެގޮތުން ފާރިސް ވިދާޅުވީ، އެމްއާރްއެމް ވާންޖެހޭނީ ތާޜީޚުން ފިލާވަޅު ލިބިގަނެގެން ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރާ ބަޔަކަށް ކަމަށެވެ. 

އެމްއާރްއެމައަކީ މިވަގުތު ސަރުކާރުގެ ވަރަށް އަރިސް ކޯލިޝަން ބައިވެރިއެއްކަން ފާހަގަކުރައްވާ ފާރިސް ވިދާޅުވީ، އެމްއާރްއެމް ޕާޓީއެއްގެ ގޮތުގައި އުފެދުމަށް ފަހުވެސް ސަރުކާރާއި އެކު ގުޅިގެން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމަށެވެ. 

އެމްއާރްއެމް ވާންޖެހޭނީ މުސްތަޤުބަލުގައި ދިމާވެދާނެ ކަންތައްތަކަށް ތައްޔާރަށް ތިބި ޕާޓީއަކަށް ކަމަށް ފާރިސް ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ޕާޓީ ވާންޖެހޭނެ މުސްތަޤުބަލުގައި ދިމާވެދާނެ ކަންތައްތަކަށް ތައްޔާރަށް ތިބި ޕާޓީއަކަށް. އަދި އަތުވެދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރަންވެސް، އެވަރުގެ ފެންވަރު ހުރި ކެރުންތެރިކަން ހުރި ޕާޓީއަކަށް ވާންޖެހޭނެ" ފާރިސް ވިދާޅުވިއެވެ. 

ފާރިސް ވިދާޅުވީ އެމްއާރްއެމް އުފެއްދުމުގައި އިސްކޮށް ޒުވާނުން އުޅޭތީ އުފާކުރައްވާ ކަމަށެވެ. 

އެމްއާރްއެމް އުފެއްދުމުގެ ގޮތުން ހުށަހަޅަންޖެހޭ 3000 މެމްބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހަވާލުކޮށްފައިވާއިރު، މިހާރު ކުރިއަަށްދަނީ ޕާޓީ އުފެއްދުމުގެ ގޮތުން ބާއްވަންޖެހޭ ޖަލްސާ ބޭއްވުންކަމަށް އެމްއާރްއެމް އިން މައުލޫމާތުދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.