ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ބޭނުންވަނީ "ލައްފިލުވާ" ފުޅިއެއްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އެފަދައިން ވިދާޅުވެފައިވަނީ މަހިބަދޫގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ކަންކަން ވުމަށްކަމަށާއި، މިސަރުކާރުން އަބަދުމެ ދައްކަމުން އަންނަނީ އުޒުރު ކަމަށެވެ.

"މިސަރުކާރަކަށް ހަމަ ލައްފިލުވާ ބޭސްނޫން ހަމަ އެކަށްޗެއްވެސް ބޭނުމެއްނެތް. ކޮންމެ ކަމެއްގައި މި ބޭނުންވަނީ ކުރީ ސަރުކާރުގައި ހާވާފައި އޮތް ހަޑިއެއް ފިލުވުމަށް" ރައިސް ޔާމީން ވިދާޅުވިއެވެ.

ޕާޓީ ދޫކޮށް ދިޔައީ ވަރުގަދަ ފަރާތްތަކެއްކަމަށާއި، އެފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެދިލައްވަނީ އެބޭފުޅުން އެނބުރި ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި ގުޅިވަޑައިގަތުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

ރައިސް ޔާމިން ވިދާޅުވީ ޕާޓީ ދޫކޮށް ބަޔަކު ދިޔައީ ޕާޓީގެ ފިކުރުބަދަލުވެގެން ނޫންކަމަށެވެ. އަދި ފިކުރަށް ބަލާ ކަމުގައި ވާނަމަ ޕީޕީއެމަށްވުރެއް ވަކި ވަރުގަދަ ފިކުރެއް ނޯންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *