ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ބޮޑުތަނުން ބަލިކުރަންޖެހޭ ކަމަށް  ޕީއެންސީގެ ނައިބު ރައީސް، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު އެފަދައިން ވިދާޅުވެފައިވަނީ ޕޮރިގްރެސިވް ކޯލިޝަނުން އދ. މަހިބަދޫގައި ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ސުޖާއު ވިދާޅުވެފައިވަނީ މިއަދުގެ ސަރުކާރަކި ލާދީނީ ސަރުކާރެއްކަމަށެވެ. އެގޮތުން ދިވެހިން ރާއްޖެއިން ބޭރުގައި އެއްޖިއްސުން ކައިވެނި ކުރަމުން އަންނައިރު އެމީހުންގެ ޕާސްޕޯޓް ކެންސަލް ކުރަން އަދުގެ ސަރުކާރަށް ނުކެރުމަކީ ލާދީނިއްޔަތަށް ތާއީދު ކުރާކަން ހާމަވާ ކަމެއްކަމަށް ސުޖާއު ވިދާޅުވިއެވެ. 

"ލާދީނީގެ ޓެގު ކަލޭމެންގެ ގައިން (އަދުގެ ސަރުކާރު) ހަމަ ނެއްޓޭނެ އެއްވެސް ގޮތެއް ނެތް" ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި މިސަރުކާރު ބޮޑު ތަނުން ބަލިކުރަންޖެހޭކަމަށާއި، އެއީ މިޤައުމުގެ ދީނާއި މިނިވަންކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. 

ސުޖާއު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައިސް މުހައްމަދު ނަޝީދަކީ ހަމަ އެކަށްޗެއްކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *