އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު މަސްތުކުރުވައިގެން ބަދުއަހުލާގީ އަމަލު ހިންގައިފިއެވެ.

ފުލުހުން ބުނެފައިވަނީ އެމައްސަލަ ފުލުހުންނަސް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 01:45 ހާއިރު ކަމަށެވެ. އަދި އެމައްސަލަ އާއި ގުޅިގެން އުމުރުން 44 އަހަރާއި 33 އަހަރުގެ 2 ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

އެމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެކަން ހިނގާފައިވަނީ ދެކުނުގެ ރަށެއްގައި ކަމަށެވެ. އަދި ކުއްޖާ ރައްކާތެރިކުރުމުގެ ގޮތުން އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.