ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުގެ ސަބަބުން އެއްގޮތަކަށްވެސް މާޔޫންވާން ނުޖެހޭކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާގައި ބުނެފައިވަނީ ﷲގެ ރަހުމަތްފުޅާއި މެދު އުންމީދު ކަނޑާލައި ހެޔޮ އަމަލުތަކާ ދުރަށްދާކަށް ނުޖެހޭކަމަށެވެ. އަދި ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީނަމަވެސް އިޚްލާސްތެރިކަމާ އެކު ތައުބާގެ ހެޔޮއަމަލުތައް ކުރުމުން މާތް ﷲ އެންމެހައި ފާފަތަކެއް ފުއްސަވައި ދެއްވާނޭކަމަށް އަންގަވާފައިވާކަމަށް ހުތުބާގައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މާތް ﷲ އެކަލާނގެ އަޅުތަކުންގެ މައްޗަށް ވަރަށްބޮޑަށް ރަހުމް ކުރައްވާކަމާއި އޯގާތެރިވެ ވޮޑިގަންނަވާކަން ޤުރުއާނުގައި ބަޔާންވެގެންވާކަމަށެވެ.

ނޭނގުމުގެ ސަބަބުން ފާފައަކަށް އަރައިގަނެވިއްޖެ ނަމަ ތައުބާވުމުން ﷲގެ ރަހުމަތްފުޅުން އޭނާގެ ތައުބާ ޤަބޫލުކުރައްވައި، ފާފަ ފުއްސަވައި އޭނާއަށް ރަހުމަތް ލައްވާނޭކަން އަންގަވާފައިވާ ކަމަށްވެސް ހުކުރު ޚުތުބާގައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.