ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާއި އެކު ހުރީ އިސްލާހީ މަސައްކަތް ކުރުމަށްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް އެފަދައިން ވިދާޅުވެފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ، އދ. މަހިބަދޫގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން ޖަމީލު ވިދާޅުވީ، ކޮންމެ ވެރިކަމެއް ނިމޭއިރަށް ކުރީގެ ރައީސުންނާއި ވަޒީރުންނާއި ފަނޑިޔާރުންނަށް ނުހައްޤު އަދަބު ދިނުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. 

ޖަމީލް ވިދާޅުވީ މިހާރު އަނެއްކާވެސް ފެންނަމުން އަންނަނީ ބަދަލުހިފުމުގެ ރޫހެއްގައި މަސައްކަތް ކުރަމުން އަންނަތަންކަމަށެވެ. އަދި އެ ސަބަބާއި ހުރި ޕީޕީއެމް އަނބުރާ ރާއްޖޭގެ ވެރިކަމަށް އަންނަން ޖެހޭކަމަށް ޖަމީލް ވިދާޅުވިއެވެ. 

" ޕީޕިއެމް އަނބުރާ މި ރާއްޖޭގެ ވެރިކަމަށް އަންނަން ޖެހޭ. މި ގޮތް ބަދަލު ކުރަން ޕީޕީއެމް އަނބުރާ ރާއްޖޭގެ ވެރިކަމަށް އަންނަން ޖެހޭ،" ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޖަމީލް ވިދާޅުވިއެވެ. 

ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ "ޤައުމިއްޔަތުގެ ފިކުރު" ކަމަށާއި، އަބަދުވެސް ހުރީ ޕީޕީއެމްގެ ފިކުރުގައި ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *