ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަޤާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ ނަންފުޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުއްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް 6 ބޭފުޅަކު ކުރިމަތި ލައްވާފައިވާއިރު ރައީސް ސޯލިހް ވެސްވަނީ އެމަޤާމަށް ބޭފުޅެއްގެ ނަންފުޅު ފޮނުއްވާފައެވެ. 
އެއީ ޑްރަގް ކޯޓުގެ ގާޒީ މަހާޒެވެ. އެކަން ރައީސް ސޯލިހް ހާމަކުރައްވާފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލުމަށް ޖޭއެސްސީން ހުޅުވާލާފައިވަނީ އެމަޤާމުގައި ހުންނެވި އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުން އަބްދުﷲ ދީދީ މަޤާމުން ވަކިކުރުމުންނެވެ.

މީގެ އިތުރުންވެސް ދާދި ފަހުން ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު 7 ކަށް އިތުރުކޮށް އަންހެން ދެ ފަނޑިޔާރަކު ވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަނު ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.