ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ކުރިމަތިލައްވައިފިއެވެ. 

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލި މުއްދަތު ހަމަވެފައިވަނީ ބްރާސްފަތި ދުވަހަށެވެ. 

ޖޭއެސްސީން ބުނެފައިވަނީ އެމަޤާމަށް 6 ބޭފުޅަކު ކުރިމަތި ލައްވާފައިވާ ކަމަށެވެ. އެއީ، ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތުގެ އިތުރުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލުމަށް ޖޭއެސްސީން ހުޅުވާލާފައިވަނީ އެމަޤާމުގައި ހުންނެވި އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުން އަބްދުﷲ ދީދީ މަޤާމުން ވަކިކުރުމުންނެވެ. 

މީގެ އިތުރުންވެސް ނުހަނު ފަހުން އަންހެން ދެ ފަނޑިޔާރަކު ވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަނު ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.