މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގެ ތަހުޤީގު ރިޕޯޓާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިޔާގެ ކޮމާންޑަރު އަބްދުއް ރައޫފްގެ މައްސަލަ ބެލުމަށާއި، އަދި ރިިލްވާން މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި ދެ ފުލުހުން ހައްޔަރުކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އެދިވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންޑާރަނައިބު ވަނީ ރިލްވާން މައްސަލައިގެ ތަހުޤީގު ރިޕޯޓާއި ގުޅިގެން ފުލުހުންނަށް ސިޓީއެއް ފޮނުވާފައެވެ. އަދި އެސިޓީއާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށް ފުލުހުންގެ މުއައްސަސާއިން ވަނީ ބުނެފައެވެ. 

ރިލްވާން މައްސަލައިގެ ތަހުޤީގު ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން، ރިލްވާންގެ ޕާސްޕޯޓާއި ގުޅޭގޮތުން އެމްއެންޑީއެފް މާލޭ އޭރިޔާގެ ކޮމާންޑަރު އަބްދުއް ރައޫފާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ މަޝްވަރާ ކުރައްވާފައެވެ. އެހެން ކަމުން އޭޖީ ރިފްއަތު ވަނީ އެކަން އިތުރަށް ބަލައިދިނުމަށް ފުލުހުންގެ އިދާރާގައި އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރިލްވާން މައްސަލައިގެ ތަހުގީގަށް 2 ފުލުހަކު ހުރަސް އަޅަން މަސައްކަތްކޮށްފައިވާކަމަށް ތަހުގީގު ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.  ރިޕޯޓްގައި ފާހަގަކޮށްފައިވާ ދެ އިންޓެލިޖެންސް ފުލުހުންނަކީ ކޯޕްރަލް މުހައްމަދު ޖިނާހާއި ކޯޕްރަލް އިބްރާހިމް ރިފްއަތުއެވެ. އެ ދެމީހުން ހައްޔަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އޭޖި ރިފްއަތު އެދިވަޑައިގެންފައިވާއިރު އެދެމީހުންނަށް އިދާރީ ފިޔަވަޅު އަޅާ ސަސްޕެންޑް ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.