އެއް ދައުރެއްގައި އެންމެ ގިނަ ޖަލްސާ ބޭއްވުމުގެ ރިކޯޑާއި އެކެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއް މަހުގެ ޗުއްޓީއަކަށް ވަޑައިގެންފިއެވެ. 

ފެހި ޤާނޫނުއަސާސީއަށް އަމަލުކުރުމަށް ފެށިފަހުން އިންތިޚާބުކުރި 3 މަޖިލީހުގެ ތެރެއިން 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރު ވެގެން ގޮސްފައިވަނީ އެއް ދައުރެއްގައި އެންމެ ގިނަ ޖަލްސާ ބޭއްވި ދައުރަށެވެ. އެގޮތުން 17 ވަނަ މަޖިލީހުގައި އެއް ދައުރެއްގައި އެންމެ ގިނައިން ބާއްވައިފައިވަނީ 42 ޖަލްސާއެވެ. 18 ވަނަ މަޖިލީހުގައި އެއް ދައުރެއްގައި ބޭއްވުނީ ތިރީހަކަށް ޖަލްސާއެވެ. އަދި ހިންގަމުން މިދާ 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރު  ނިންމާލާފައިވަނީ 47 ޖަލްސާއަށް ފަހުއެވެ. 

19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލުމަށްފަހު މެމްބަރުން ޗުއްޓީއަށް ގޮސްފައިވާއިރު މި ދައުރު ނިންމަންޖެހޭ މުއްދަތަށްވުރެއް އެއް ހަފްތާ އިތުރަށް މެމްބަރުން މަސައްކަތް ކުރައްވާފައިވެއެވެ. 

މަޖިލީހުގެ ފުރަތަމަ ދައުރުގައި ކުރެވުނު މަސައްކަތްތައް 

  • 31 ބިލެއް ހުށަހަޅި (14 ބިލެއް ފާސްކޮށްފަ، ނުނިމި 17 ބިލް)
  • 21 ޤަރާރު ހުށަހެޅި (09 ޤަރާރުގެ މަސައްކަތް ނިމިފަ، 12 ޤަރާރެއް ނުނިމި)
  • 15 މައްސަލައެއް ސަރުކާރުގެ ފަރާތުން ހުށަހެޅި (12 މައްސަލަ ނިމިފަ، ނުނިމި 03 މައްސަލައެއް)
  • 22 މައްސަލަ ރިޔާސަތުން ހުށަހެޅި (17 މައްސަލަ ނިމިފަ، ނުނިމި 05 މައްސަލަ) 
  • 09 މައްސަލައެއް މެމްބަރުން ހުށަހެޅި (ހުރިހާ މައްސަލައެއް ނިމިފަ)
  • 39 ރިޕޯޓް ހުށަހެޅި (34 ރިޕޯޓް ނިމިފަ، ނުނިމި 05 ރިޕޯޓް)
  • ވަޒީރުންނަށް 20 ސުވާލެއް ކުރުމަށް ހުށަހެޅުނު (14 ސުވާލަށް ވަޒީރުން ހާޒިރުކޮށް ޖަވާބު ހޯއްދަވާފަ)
  • ޖުމުލަ 161 މައްސަލަ ހުށަހެޅި 70.2 އިންސައްތަ މަސައްކަތް ނިމިފަ
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.