މަސްވެރިކަމުގެ ބިލް މިހާރު އޮތްގޮތަށް ފާސްކުރުން މުހިންމު ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުގެ ފަރާތުން އެބިލް ހުށަހެޅިއިރު އޮތްގޮތާއި ކޮމިޓީއިން ދިރާސާކުރުމަށްފަހު އިސްލާހުކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅިގޮތާއި ވަރަށް ބޮޑަށް ތަފާތުވާނޭ ކަމަށެވެ. އަދި ކޮމިޓީން އިސްލާހު ކޮށްފައި އޮތްގޮތަށް އެ ބިލް ފާސްކުރެވިއްޖެނަމަ މަސްވެރިކަމުގެ ބިލުން ހާސިލް ކުރަންބޭނުންވި ކަންކަން ހާސިލުވާނޭކަމަށް  ވެސް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް ވިދާޅުވީ ކޮމިޓީން އެ ބިލް ބޮޑަށް ބަދަލުކޮށްފައިވަނީ ކަމާއި ގުޅުންހުރި އިދާރާތަކުން ދީފައިވާ ލަފަޔާއި އެއްގޮތަށްކަމަށެވެ. އަދި އެކަމުން މަސްވެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާނޭކަމަށް ޝިޔާމް ވިދާޅުވި.

ޝިޔާމް ވިދާޅުވީ ބޭނުންވި ހުރިހާ އިސްލާހެއް އެބިލަށް ނުގެނެވުނު ކަމަށެވެ. އެގޮތުން އެންވެރިކަން އިތުރުކުރުމާއި ގުޅޭގޮތުން ބިލު އިސްލާހު ކުރަން ބޭނުންވި ވަރަށް އިސްލާހު ނުކުރެވުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

އެހެންނަމަވެސް މަސްވެރިކަމުގެ ބިލް މިހާރުއޮތްގޮތަށް ފާސްވެއްޖެނަމަ އޭގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާނޭކަމަށް ޝިޔާމް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.