"އަންޑާވޯޓާ"ގައި ނައިޓް ކްލަބެއް އަޅަން އުޅުއްވާކަމަށް ކާށިދޫ ދާއިރާގެ މެމްބަރުު އަބަދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. 

ޖާބިރު އެފަދައިން ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ބިލާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ނެވެ.

"އަޅުގަނޑު ނައިޓްކްލަބެއް އަޅަން މިއުޅެނީ އަންޑާވޯޓާ ގަ" ޖާބިރު ވިދާޅުވިއެވެ. 

ޖާބިރު ވިދާޅުވީ އެންދެރި ގަސްތައް ވަރަށް ބޮޑުވެފައިވާކަމަށެވެ.

އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަނޑުއަޑީގައި ކެބިނެޓް ބައްދަލުވުން ބޭއްވިގޮތަށް މަޖިލިސް ޖަލްސާއެއް ކަނޑު އަޑުގައި ބޭއްވުމަށް ޖާބިރު އެދިލެއްވިއެވެ. 

މަސްވެރިކަމުގެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މަސްވެރިކަމުން ފައިސާއެއް ލިބޭގޮތެއް އޭ ބިލުގައި ނެތްކަމަށެވެ. އަދި އެބޭފުޅާގެ ވެރިކަމެއްގައި މަސްވެރިޔާއަށް މަހަކު -/30000 (ތިރީސް ހާސް)ރުފިޔާ ލިބޭނޭގޮތް ހަދާނޭކަމަށް ޖާބިރު ވިދާޅުވިއެވެ. 

ޖާބިރު ވިދާޅުވީ މަސްވެރިކަމުގެ ބިލް އޮތީ ފަހަތަށްދާ ގޮތަށްކަމަށާއި، ކުރިއަށްދާނޭ ގޮތެއް އަދި ފައިސާ ލިބޭނޭގޮތެއް ހިމަނާފައި ނެތްކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.