ޤާނޫނުއަސާސީގައި ބުނާ ބާރުތައް ވަކިވެފައިވާ ނިޒާމު ނެތި ހިނގައްޖެކަމަށް ކުރީީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް އެފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. 

ޑރ. ޖަމީލް ވިދާޅުވީ ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ބަދަލުވެގެންދާ ގޮތަށް ޤާނޫނު ފާސްކޮށް ތަސްދީޤުކުރުން ކުށްވެރިކުރަށްވާކަމަށެވެ. އަދި އެކަމަކީ ޖުޑަިޝަރީގެ މިނިވަންކަމަށް ހުރަސް އެޅޭކަމެއްކަމަށާއި އަދި އެކަމަކީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ޖަމީލް ވިދާޅުވިއެވެ. 

"ޤާނޫނުއަސާސީ ގެ 7 މ އިން ޤާއިމްކޮށްފައިވާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު ނެތިގެން ހިނގައްޖެ" ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވެއެވެ. 


ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީޤު ކުރެއްވުމާއި އެކު ޖުޑިޝަލް އެކެޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަޤާމާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރުގެ މަޤާމު ގެއްލިފައިވަނިކޮށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.